logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024

އިރާގުގައި އަންހެނުން ކައިވެނިކުރެވޭ އުމުރު ނުވަ އަހަރަށް ދަށްކުރަނީ

އިރާހުގައި އަންހެނުންނަށް ކައިވެނި ކުރެވޭ އުމުރު ނުވަ އަހަރަށް ދަށް ކުރުމުގެ މަސައްކަތް އެގައުމުގެ ގާނުނުހަދާ މަޖިލީހުން ފަށައިފިއެވެ.

މިހާރު އިރާގުގައި އަންހެނުން ކައިވެނިކުރާ އެންމެ ހަގު އުމުރަކީ 15 އަހަރެވެ.

ޕާލިއަމެންޓުން ގާނޫނަށް ބަދަލު ގެނެސް ކައިވެނިކުރާ އުމުރު ދަށްކުރަން ނިންމި ސަބަބެއް އިރާގުގެ ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

އިރާގުގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ބައެއް އަމިއްޖަ ޖަމިއްޔާތަކުން މިކަމާމެދު ނުރުހުންވެ، ބަޔާންތައް ނެރެފައިވާއިރު، އެކަމަށް ތައުރީފުކޮށް ވާހަކަ ދައްކާ މީހުންވެސް މަދެއް ނޫނެވެ.

އިރާގުގެ ފާލިއަމެންޓް މެންބަރަކު ސޯޝަލް މީޑިއާގައި ނުރަސްމީކޮށް ބުނެފައިވާ ގޮތުގައި އަންހެނުން ވީއެންމެ ޅައުމުރެއްގައި ކައިވެނިކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *