logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024

ބިދޭސީންގެ މައްސަލަ: މިނިސްޓަރު އިހްސާނާއި އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންއަށް ރައީސް ޔާމީންގެ ތައުރީފު

ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ހޯމް މިނިސްޓަރު އަލީ އިހުސާން އަދި އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ކުރަމުން ގެންދަވާ މަސައްކަތްޕުޅަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތައުރީފް ކުރައްވައިފިއެވެ.

ޕީއެންއެފް ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ބިދޭސީންގެ މައްސަލައިގައި މިނިސްޓްރީންނާއި އިމިގްރޭޝަނުން ކުރައްވާ މަސައްކަތަކީ "ކްރެޑިޓް ޙައްޤު މަސައްކަތެއް" ކަމަށެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިމިގްރޭޝަނުން ދަނީ ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންދަމުންނެވެ.

ޔާމީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, ބިދޭސީންގެ މައްސަލައަކީ އެތައް ބައިވަރު އަހަރަކުން ހެދުނު އެތައް ގޯސްތަކަކުން އުފެދުނު މައްސަލައެއް ކަމަށާއި, މައްސަލަ ހައްލު ކުރަން ގެންގުޅޭނީ ކޮން ސިޔާސަތެއްކަން ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން އެ މައްސަލަ ހައްލުކުރާނީ ކެންސަރަށް ފަރުވާދޭ ގޮތަށްތޯ, ނޫނީ ހަކުރު ބަލި ޖެހުމުން ހަށިގަނޑުން ބައެއް ބުރިކޮށްލާ ގޮތަށްތޯ, ނޫނީ ހަށިގަނޑަށް އެއަށްވުރެ ލުއިކޮށްތޯ ވިސްނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ, ބިދޭސީންގެ މައްސަލައިގައި ސަރުކާރުން ކަންކުރަމުން އަންނަނީ ރަނގަޅަށް ކަމަށް ވިޔަސް, މައްސަލައިގެ އެންމެ ފުނަށް ދާން ޖެހޭ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *