logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

އިންޑިއާގެ ލޯނު އެހީގައި 28 މަޝްރޫއެއް ނިންމައި ހަވާލުކޮށްފި

އިންޑިއާގެ ލޯނު އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ 28 މަޝްރޫއެއް ނިންމައި ހަވާލުކޮށްފި އެވެ.

އެ މަޝްރޫއުތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެ މަޝްރޫއުތަކާ ހަވާލުކުވެވަޑައިގެންފައިވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އިންޑިއާގެ ފަރާތުން އެ މަޝްރޫއުތައް ހަވާލުކޮށްދެއްވާފައިވަނީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރެވެ.

އެ މަޝްރޫއުތަކަކީ މާޗް 18, 2019 ގައި ދިވެހި ސަރުކާރާއި އިންޑީއާގެ އެގްޒިމް ބޭންކާއެކު ސޮއިކުރެވުނު 800 ޑޮލަރުގެ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކެކެވެ.

އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ހަމަޖެހިފައިވާއިރު މިއަދު ހަވާލުކޮށްފައިވަނީ އޭގެ ތެރެއިން މަސައްކަތް ނިމިފައިވާ 28 ރަށެއްގެ މަޝްރޫ އެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *