އިންޑިއާގެ އެކްސްޓާނަލް އެއާޒް މިނިސްޓަރ ޑރ.ޖައެ ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއްށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅަށް މަރުހަބާ ދެންނެވުމުގެ ގޮތުން މޯލްޑިވިއަން ޑިމޮކްރަޓިޓް ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ސަރުކާރުގެ ސިޔާސަތު އިންޑިއާ އައުޓް ކެމްޕެއިނުން ވެލްކަމް އިންޑިއާ ކެމްޕެއިނަށް ބަދަލުކޮށްފައިވާތީ އެކަމަށްޓަކައި ސަރުކާރަށް މަރުޙަބާ ދަންނަވައިފިއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ މިއަދުގެ ސަރުކާރުން އެކި ގޮތްގޮތަށް އިންޑިއާއާއި ދެކޮޅަށް ދިވެހި ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކޮށްފައިވާތީ އެމްޑީޕީ އިން އެކަމާ ހިތާމަކުރާކަމަށާއި، މަލާމާތާއި ފުރައްސާރައިގެ ސަބަބުން ޒަމާންވީ ރަހުމަތްތެރިކަމަށް ބުރޫއަރައި އެކަމުގެ ނޭދެވޭއަސަރު ދިވެހި ރާއްޖޭގެ އިގްތިސާދަށްކޮށް، ބައިނަލްއަގްވާމީ މުޖުތަމައުގައި އެކަހެރިވަމުން ގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ.