logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ފެނިގެންދަނީ އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވަމުންދާތަން: ރައީސް

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފު އަމަލުތަކެއްކަން ސާފުކޮށް ފެނިގެންދާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ..

ރައީސް ވިދާޅުވީ، އިސްރާއީލުން އަނެއްކާވެސް ޣައްޒާގެ ސުކޫލަކަށް ހަމަލާދީފައިވުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. އަދި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެނިގެންދަނީ ބިރުވެރި މަންޒަރުތަކެއް ކަމަށާއި އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ދުވަސްވީ ގިނަ އަދަދެއްގެ މީހުން ޝަހީދުވެފައިވާ މަންޒަރު ފެނިގެންދާކަމަށް ފާހަގަކުރެއްވިއިރު، ރައީސްވަނީ އެމީހުންނަކީ އެތަނުގައި ހަމަލާތަކުން ރައްކައުތެރިކަން ހޯދަމުންދިޔަ ބައެއްކަމަށްވެސް ވިދާޅުވެފައެވެ.

މި ހަމަލާގައި 100އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ، އޮކްޓޯބަރު މަހުގެ ތެރޭގައި ފެށިގެންދިޔަ ހަމަލާ ބަދަލުކުރުމުގެ ތެރެއިން މައުސޫމު 39000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ނިޔާވެފައިވާކަމަށެވެ. އަދި އިސްރާއީލުން ހަމަލާތައް ހުއްޓާލުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރާ މަންޒަރު ފެނިވަޑައިނުގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ގައުމުގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާއި ގުޅޭ ގާނޫނުތަކާއި ސާފުކޮށް ހިލާފުވުންކަމަށެވެ. އަދި ބައިނަލްއަގުވާމީ ދުނިޔެއިން މިކަންކަން ހުއްޓުވާ އިސްރާއީލު ޖަވާބުދާރީކޮށް އިންސާފު ގާއިމުކުރުމަށާއި އާންމުން ރައްކައުތެރިކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ