logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އަބްދުއްރަހީމްގެ ވާހަކަފުޅުތައް ރައީސް ޔާމީން ގުޅުވައިލައްވަނީ ރައީސް މުއިއްޒުގެ އަހުލާގާ!

ރައްޔިތުންގެ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރުން އިތުރުވެފައިވާ މިދުވަސްވަރު ރައީސް ޔާމީން އަބްދުއްރަހީމްގެ ވާހަކަފުޅުތައް ސީދާކޮށް ގުޅުވާލީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަހުލާގާއެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އަބްދުއްރަހީމަކީ މިހާރުގެ ރައީސް މުއިއްޒުގެ ރޯލް މޮޑެލް ކަމަށް ހުދު އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. އެހެން ކަމުން ފެނިގެން އެ ދަނީ ރައީސް މުއިއްޒުގެ އަހުލާގު ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ރައީސް އެބަ ވިދާޅުވޭ ތިމަންނަގެ ރޯލް މޮޑެލްއޭ އަބްދުއްރަހީމަކީ. އެހެންވީމާ އަބްދުއްރަހީމް އެ ދައްކާ ވާހަކައިން ރައީސް މުއިއްޒުގެ އަހުލާގު ރައްޔިތުންނަށް ނުފެނޭތޯއޭ؟ އެ ފެންނަނީ އެ ރިފްލެކްޝަންއިން ރައީސް މުއިއްޒުގެ އަހްލާގެއް ނޫންތޯއޭ؟" ރައީސް ޔާމީން ވިދާޅުވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ