ރާއްޖެއަށް ހާއްސަކޮށް މާލެ ސަރަހައްދަށް މިހާރު ކުރަމުންދަ ވިއްސާރައިގައި ކުރިއަށް އޮތް 3 ދުވަހު ވެސް މޫސުން ގޯސް ވާނެކަމަށް މެޓް އޮފީހުން ލަފާ ކޮށްފިއެވެ.
އަދި މި ވިއްސާރައާއި ގުޅިގެން މުޅި ރާއްޖެއަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރާ ގޮތުގައި މި ވިއްސާރައިގައި ރާއްޖެއަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެއެވެ.
އަދި ވިލާގަނޑުގައި 45 މޭލަށް ވައި ޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މި މުއްދަތުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.