logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

"ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ" ރައީސުލް ޖުމްހޫރިއްޔާ އިފްތިތާހު ކޮސްދެއްވައިފި

ދިވެހި ރާއްޖޭގެ ފުރަތަމަ "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމެޓީ" މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމެޓީ" އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެވެ.

"ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމެޓީ" އަކީ ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމާއި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޤައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވެއެވެ.

"ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމެޓީ" އެކުލަވާލުމަށް ނިންމާފައިވަނީ 18 ޖަނަވަރީ 2024 ގައެވެ. މި ބޯޑުގައި ތިއްބަވާނީ 15 މެންބަރުންނެވެ. އަދި ގިނަ ޒުވާނުންތަކަކަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ރިޔާސީ ދައުރެއްގައި 2 ފަހަރު ބޯޑު އެކުލަވާލުމަށް ވަނީ ނިންމާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވެއެވެ.މި ބޯޑަކީ ރައީސް އޮފީހުން މައުލޫމާތު ހާމަކޮށްފައިވާގޮތުން ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީއިންނެވެ.

މިއަދު މި ބޯޑު އިފްތިތާހުކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމެޓީ" ގެ ފުރަތަމަ ދައުރުގެ މެންބަރުންނަށް ބެޖު ހަވާލުކޮށްދެއްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *