logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ގައުމީ ކަންކަމުގައި ޒުވާނުންގެ ލަފައާއި މަޝްވަރާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމެޓީ" ގެ ފުރަތަމަ ބައްދަލުވުން މިއަދު ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބާއްވައިފިއެވެ.

ޒުވާނުންގެ ޒުވަހާ ގުޅުވައިގެން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އިފްތިތާހުކުރި "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމެޓީ" ގެ ފުރަތަމަ ބައްދަލުވުމައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު ބޭއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ އެކުލަވާލެއްވުމުގެ މައިގަނޑު މަގުސަދަކީ ޤައުމުގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރާ ބަޔަކީ ޒުވާނުން ކަމަށްވާތީ، ދަޢުލަތުގެ ހުރިހާ ކަމެއްވެސް ބައްޓަންކުރުމުގައި ޒުވާނުންގެ ބަސް ހިމެނުންކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމެޓީގެ ފަރާތުންވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ޒުވާނުންގެ ކަންބޮޑުވުންތަކާއި އިޙުސާސްތަކުގެ އަޑު ރައީސުލް ޖުމްހޫރިއްޔާ އާއި ހަމައަށް ގެނެސްދިނުމަށް ރާވާފައިވާގޮތް ރައީސުލް ޖުމްހޫރިއްޔާ އާއި ހިއްސާކޮސްފައިކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *