logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024

ކެލައަށް ރެކޯޑު އަދަދަކަށް ވާރޭ ވެހިއްޖެ!

ހުޅަނގު މޫސުމުގެ ބާރުގަދަވެ މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހއ.ކެލައަަށް އާދަޔާހިލާފަށް ބޯކޮށް ވާރޭވެހި ރާއްޖޭގެ ރަށަކަށް 24 ގަޑިއިރުގެ ތެރޭގައި އެއްމެ ގިނައިން ވާރޭވެހުނު ރަށްކަމަށް ރެކޯޑު ކޮށްފިއެވެ.

މޫސުމާބެހޭ އިދާރާއިން މިއަދު ނެރެފައިފާ "މޫސުން ކުރިއަށް ލަފާކުރާގޮތުގެ އަދާހަމަ" ގައި ބުނެފައިވާ ގޮތުން ހއ. ކެލައަށް އިއްޔެ ވަނީ ވަނީ 231.5 މިލިމީޓަރުގެ ވާރޭވެހިފަ އެވެ. އެއީ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނު ކަމަށް އޮޓޮމެޓިކް ވެދާ ސްޓޭޝަނަށް ރެކޯޑު ކުރެވިފައިވާ އެއްމެ މަތީ އަދަދެވެ.

އިތުރަށް މެޓް އޮފީހުން ބުނެފައިވަނީ ވިލާގަނޑުގައި އެންމެ ވައިގަދަވެފައިވާ ކަމަށް އިއްޔެ ރެކޯޑް ކުރެވިފައި ވަނީ ފ. ނިލަންދު އަށްކަމަށާއި، އެއީ ގަޑިއަކު 46 މޭލު ކަމަށާއި، މިވަގުތު އެންމެ މޫސުން ގޯހީ ރާއްޖޭގެ އުތުރުގެ ރަށްތަކަށްކަމަށެވެ.

ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާކޮށް، ވަރަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އަދި ދެކުނުގެ ރަށްތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައިވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ލަފާކޮށްފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *