އަމިއްލަ ބޭނުންތަކަށް އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކުރާ އުސޫލަށް ގެނެވުނު އިސްލާހުގެތެރޭގައި ހިމެނޭ އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ނަގާ ގޮތަށް ގެނެވުނު އިސްލާހާއި އެއްގޮތަށް އަންނަ ނޮވެންބަރ މަހުންގެން ތާއްޖެ އެރެކުރާ ވަކި ސިގިރޭޓުންވެސް ޑިއުޓީ ނަގަން ފަށާގޮތައް ކަސްޓަމުގެ ޓެރިފްތާވަލަށް ބަދަލުގެނެސްފިއެވެ.
އަމިއްލަ ބޭނުންތަކަށް އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކުރާ އުސޫލަށް ގެނެވުނު އިސްލާހަށް މިމަހު އަމަލުކުރަންފެށުމަށް ހަމަޖެހިފައިވީނަމަވެސް ބައެއް އިންތިޒާމުތައް ހަމަނުޖެހޭތީ އެ އިސްލާހަށް އަމަލުކުރަންފެށުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުން ފެށިގެންނެވެ.
އެ އިސްލާހަށް އަމަލުކުރަން ފެށުމުން ރާއްޖެ އަންނަ ދިވެހިންނާއި ޓޫރިސްޓުން ގެންނަ ސިނގިރޭޓާއި ވޭޕު ޑިކްލެއާ ކުރަން ޖެހޭނެ އެވެ.