logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ވިއްސާރާގައި ބުރިޖާއި ހައިވޭގައި ދުއްވާއިރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ވިއްސާރާގައި ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރައްވާއިރު، ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުން ސާމާލުވުމަށް ފުލުހުން އިލްތިމާސްކޮސްފިއެވެ.

"ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރައްވާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކުރަން" ފުލުހުންގެ ފަރާތުން އެކްސް ގައި ކޮސްފައިވާ ޕޯސްޓެއްގައި ބުންފައިވެއެވެ.

އަދި އޭގެ އިތުރުން ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި، ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ވަރޭ ކޯޓު ބޭނުންނުކުރުމަށާއި، އަދި ހެލްމެޓު ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް ވެސް ފުލުހުން އެދިފައިވެއެވެ. އަދި އޭގެ އިތުރުން ބޯކޮށް ވާރޭ ވެހޭއިރު ހެޑް ލައިޓް ދިއްލައިގެން ދުއްވުމަކީ ވެސް ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅެއްކަމަށް ފުލުހުން ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ