އިންޑޮނޭޝިއާގައި ބުޅާ މަރައިގެން ކާކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ހަކުރުބަލީގެ ފަރުވާއަށްކަމަށްބުނެ ގިނަ އަދަދެއްގެ ބުޅާ މަރައިން ކާ ކަމުގެ ތުހުމަތުގައި ނަރިޔަންޓޯ ކިޔާ އިންޑޮނޭޝިއާ މީހާ ފުލުހުން ހައްޔަރުކުރީ އޭނާ ދިރިއުޅޭ ސަރަޙައްދުގެ އަވަށްޓެރިން އެވާހަކަތައް މީސްމީޑިއާގައި ހިއްސާކުރަންފެށުމުން ޖަނަވާރު ހިމާޔާތްކުރާ ފަރާތްތަކުން ފުލުހުންނަށް ކުރި ޕްރެޝަރާގުޅިގެންކަމަށް ވެއެވެ.
ނަރިޔަންޓޯގެ އަވަށްޓެރިން ބުނީ އޭނާ ހައްޔަރުކުރަން ފުލުހުން އައުމުން އޭނާ ބުޅާ ނުކައިފިނަމަ މަރުވާނެކަމަށް ބުނަމުންދިޔަކަމަށާއި، އޭނާގެ ހަކުރުބަލީގެ ހާލަތު ހުރީ ވަރަށްމަތީގައިކަމަށް ބުނަމުންދިޔަކަމަށެވެ.
އެމައްސަލާގައި އިންޑޮނޭޝިއާގެ ފުލުހުންގެ ފަރާތުން ބުނެފައިވަނީ އޭނާ އެކަން ކުރަމުންދަނީ އޭނާއަށް ރަނގަޅު މައުލޫމާތު ނުލިބިކަމަށާއި މިހާރު އޭނާއަށް ފުލުހުން އެހީތެރިވަމުންދާކަމަށެވެ.