logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މޫސުން ގޯސްވެ އުތުރުގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މޫސުން ގޯސްވެ ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން އެލާޓް ނެރިފައި ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މެންދުރު ފަހު 14:00 އިން 18:00 އާ ހަމައަށެވެ.

މި ވަގުތުގެ ތެރޭގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާ ގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން ވައިގަދަވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ގެއްލުން ލިބެމުންދާ ކަމުގެ ރިޕޯޓުތައް ދަނީ ލިބެމުންނެވެ. އަދި ވިއްސާރަވެ ފެން ބޮޑުވުމުގެ ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ.

އެގޮތުން ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ ދިރި ނޫޅެވޭވަރުވެފައިވާ މާލެސިޓީގެ 5 ގެއަކުން 23 މީހުން އެހެން ތަނަކަށް ބަދަލުކޮށްްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ