logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެ

މާލޭގެ އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެއެވެ.

"މިނިވަން" ނޫހަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކަސްޓަމްސް ކައިރީ ހުރި އިމާރާތެއްގެ މަތިން މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް އަދިހާމަ ކޮށޮފައެއްނުވެއެވެ.

މިނިވަން އަށް މައުލޫމާތު ލިބިފަިވާ ގޮތުގައި ވެއްޓިފައިވަނީ އަންހެނެކެވެ. މި އަންހެން މީހާ ވެއްޓިފައިވަނީ އެމްޕީއެލް ކައިރި ހުންނަ ހަސޯވާ ބިލްޑިންގުގެ 9 ވަނަ ފަންގިފިލާއިންނެވެ.

މީގެ އިތުރުން މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ވެސް އަންހެނަކު ވެއްޓިފައިވާކަން ހާމަވާއިރު، އޭނާ ވަނީ ޕިކަޕަކަށް ލައިގެން މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ