logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

މޯލްޑިވްސް އޭ ބުނުމުން މީހުންނަކަށް ނޭނގޭ، ރާއްޖެ އިސްތިހާރުކުރެވޭނީ ކާޓޫނުން: އިހަވަންދޫ ދާއިރާގެ މެންބަރ އަޙްމަދު ނަސީރު

މޯލްޑިވްސް އޭ ބުނުމުން ގިނަ މީހުންނަށް ނޭނގޭ ކަމަށާއި ރާއްޖެ އިސްތިހާރުކުރެވޭނީ ކާޓޫނު އުފައްދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރ އަޙްމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދާ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގެ ވަގިތުގައި ވާހަކަ ދައްކަވަމުން މެންބަރު އަހުމަދު ނަސީރު ވިދާޅުވީ ފަތުރުވެރިކަން އިސްތިހާރުކުރަން މިހާރު ގެންގުޅޭ އުސޫލުތައް ބަދަލުކުރަންޖެހޭ ކަމަށެވެ.

އެގޮތުން ލެން ފަރިހި ކިޔައިގެން އެކަން ނުކުރެވޭނެ ކަމަށާއި، އަދި ފެއާތަކަށް ގޮސް ދިގުހެދުން ލައިގެން ބަނޑިޔާ ޖަހައި ލަވަކިޔައިގެން ޓޫރިޒަމް ސިނާއަތް ވިއްކެން ނެތްކަމަށާއި އަދި ޕެރަޑައިސްއޭ ބުނެގެންވެސް ފުއްދާލެވެން ނެތްކަމަށެވެ.

މެންބަރު ނަސީރުގެ ވާހަކާގައި އިތުރަށް ފާހަގަކުރެއްވީ ޓޫރިޒަމް ސިނާއަތު އިސްތިހާރުކުރުމަށް ގެެންގުޅޭ ވައްޓަފާޅި ބަދަލުކުރަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖެ އިސްތިހާރު ކުރުމަށް ކާޓޫނު އުފައްދަންޖެހޭ ކަމަށާއި ނީމޯ އުފައްދައިގެން ރާއްޖޭގެ ކަނޑުތައް އިސްތިހާރުކުރަންޖެހޭކަމަށެވެ. އަދި ވޯލްޑް ކަޕުގައި އިސްތިހާރު ބެނާތަކުން ދިވެހިރާއްޖެ ދައްކުވައިދޭން ޖެހޭކަމަށެވެ.
"އަޅުގަނޑުމެން އެބަޖެހޭ ކާޓޫން އުދައްދަން އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން އެބަޖެހޭ ނިމޯ އުފައްދަން. ނިމޯ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ކަނޑުތައް ދައްކަން" މެންބަރު އަހުމަދު ނަސީރު ވިދާޅުވިއެވެ.

އަދި " ޖެހިގެން އައި  ވޯލްޑުކަޕްގައި އަޅުގަނޑުމެން ބޭނުންވާނީ އެ ބެނާ، އެއިންނަ ބެނާއިން އަޅުގަނޑުމެން ބޭނުންވާނީ ދިވެހިރާއްޖޭގެ މަސްމަސް ދުވާތަން ދައްކާލަން ދެއްތޯ؟ އޭރުން އަދަބު ދާއިމީ ގޮތެއްގައިދިވެހި ރާއްޖެ ހުންނާނީ ފެންނަން، އެއިރުން މެސީ ނޫނީ ރޮނާލްޑޯ އެއް ނޫނޭ ބަލާނީ އިނގޭތޯ އިއްޒަތްތެރި ރައީސް، އެތިބި މިލިއަން މީހުން އެއްފަހަރާ ބަލާލާނީ ދިވެހިރާއްޖެއިން އެ ދައްކާ އިސްތިހާރު އިނގޭތޯ އިއްޒަތްތެރި ރައީސް" މެންބަރު އަހުމަދު ނަސީރު ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *