logo minivan

English

ބުދަ, 15 ޖެނުއަރީ 2025

ނަޝީދު ވިދާޅުވީ ލޭނު އެޅުމުން ޓޫރިޒަމް ހަލާކުވާނެ ކަމަށް

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އެ ކަމާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައިވަނިކޮށް ސަރުކާރު ކެބިނެޓުން ވަނީ ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަންކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފައިވާ ނަޝީދު އެކްސްގައި ލިޔުއްވީ ލޭނު މަސްވެރިކަމުގައި މިޔަރާއި ކޯމަހާއި ކަނޑުމަހާއި ސީބާޑްވެސް ގަނޑުކޮށް ޖަހަން ފަށާނެ ކަމަށެވެ.

ސަރުކާރުގެ އެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް ގިނަ ޖަމިއްޔާޖަމާއަތްތަކުން އަންނަނީ ބަޔާން ނެރެމުންނެވެ.

އޭގެ ތެރޭގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި، މޯލްޑިވްސް އޯޝަން އެލަޔަންސް ހިމެނެ އެވެ. އެޖަމިއްޔާތައް ގުޅިގެން އޮންލައިން ޕެޓިޝަނެއް ވެސް ލޯންޗުކޮށް އޭގައި 12,000 އެއްހާ މީހުން ވަނީ ބައިވެރިވެފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *