logo minivan

English

އާދިއްތަ, 10 ނޮވެމްބަރ 2024

ޒާހިރަކީ ޢިގްތިސާދީ މުހިއްމު ބައިވެރިއެއް: ރައީސް

މިއަދު އަވަހާރަވި މުހައްމަދު ޒާހިރަކީ އިޤްތިޞާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ވިޔަފާރިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދުމުއިއްޒު ވިދާޅުވެއްޖެއެވެ.


ސްރީ ލަންކާގައި ދިރިއުޅުއްވަމުން ގެންދެވި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒާހިރު ނުވަތަ ގިނަ ބަޔަކު ދަންނަ ނަމުންނަމަ އޯކޭ ޒާހިރު އަވަހާރަވީލަންކާގެ އާސިރީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދަނިކޮށް މިއަދު ފަތިހު 4:30 ހާއިރުއެވެ. އަވަހާރިވިއިރު އުމުރުފުޅަކި 76 އަހަރެވެ.


ޒާހިރު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒާހިރަކީ ރާއްޖޭގައިކާރުޚާނާ ހިންގަވައި، ޤައުމުގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށެވެ. އަދި ޒާހިރު އަވަހާރަވުމުގެހިތާމައިގާ ބައިވެރިވެ، މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *