logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

އިންޑިއާ ޑޮކްޓަރު ރޭޕްކުރުމާ ގުޅިގެން އަލީ ނަސީރުގެ ޕޭޖުން: މިއީ އިންސާނުންތަ؟ ޖަނަވާރުންތަ؟

އިންޑިއާގެ ޑޮކްޓަރު ޓްރެއިނަރެއްގެ ގޮތުގައި ހަރަކާތްތެރިވި މައުމިތާ (ފޮޓޯ) މައުމިތާ ވަނީ ރެޕިސްޓުން ތަކެއްގެ ޝިކާރައަކަށްވެ ދުނިޔެ ދޫކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން މައުމިތާގެ ހަށިގަނޑު ބަލާ ޗެކުކުރި ޑޮކްޓަރުންގެ ޓީމުން ވަނީ މައުމިތާގެ ހަށިގަނޑުގެ އެކި ހިސާބުތަކަށް ލިބިފައިވާ ޒަޚަމް ތަކުގެ އަދަދު100އަށްވުރެ ގިނަކަން ފާހަގަކޮށްފައެވެ،

މައުލޫމާތު ލިބޭ ގޮތުން މައުމިތާ ރޭޕް ކޮށްފައި ވަނީ 18 ނުވަތަ 20 މީހުން ވެގެން، ބައެއް ނޫސްތަކުން މި އަދަދު 22 އަށް އަރާކަމަށްވެސް ރިޕޯޓު ކުރޭ، 2 މީހަކު މައުމިތާގެ އަތުގައި ހިފައިގެން ތިބިއިރު އަނެއް ބަޔަކު މައުމިތާ ރޭޕް ކުރަމުން ގެންދިޔަ، އެވަގުތު އެތަނުގައި މައުމިތާ އާއި އެކުގައި މެޑިކަލް ކޮލެޖުގައި ކޯސްހަދަމުން ގެންދިޔަ މައުމިތާގެ އެންމެ ކައިރީގައި އުޅުނު އަންހެން އެކުވެރިޔާ އެމަންޒަރު ބަލަން ހުރިއެވެ.

އެވަގުތު މައުމިތާ ގޮވަމުން ގެންދިޔައެވެ. އަހަރެން ސަލާމަތް ކުރާށެވެ. ތިޔައީވެސް އަހަރެން ފަދަ އަންހެނެކެވެ. މި ހިތާމަވެރި ހާދިސާ ކުށްވެރިކޮށް އިންޑިއާގެއެތައް ސަތޭކަ ޑޮކްޓަރުންނެއް މިއަދު ދަނީ އަޑު އުފުލަމުންނެވެ. އިތުރު ރިޕޯޓެއްގައިވާ ގޮތުން މައުމިތާގެ ހަށިގަނޑުން ތަފާތު 18 މީހެއްގެ (150 މިލި ލިޓަރުގެ) ދަރިފަނީގެ ދިޔަ ވަނީ ފެނިފައެވެ.

ނައުމިތާއަށް އިންސާފް ލިބުމަށް އަހަރެންވެސް އެދެމެވެ. އެއީ ކާފަރެެއް ކަމުގައި ވިޔަސް އޭނައަށް ލިބިފައި ވަނީ ހައްޤު ނޫން އަނިޔާތަކެކެވެ. އެހުރިހާރެޕިސްޓުން ހޯދާ މަރުގެ އަދަބު ދިނުމަށް އަހަރެންވެސް ގޮވާލަމެވެ.

ނޯޓު: މިއީ އިންޑިއާގެ އެކި ނޫސްތަކުން ނަގާފައިވާ މައުލޫމާތު ތަކެކެވެ. މިމައުލޫމާތުތައް ތެދުކަމަށް ބުރަވެވެނީ ހުރިހާ ނޫހެއްގައި ހެން  އަދި އިންޑިއާގެމީސްމީޑިއާގެ އެކި އެކި މަންސަތަކުގައި މިމައުލޫމާތުތައް މިގޮތަށް ހުރުމުންނެވެ. އިންޑިއާ އަކީ ސިކު ރެޕިސްޓުން އެންމެ ގިނަ ޤައުމުތަކުގެ ތެރޭ ހިމެނޭ ޤައުމެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *