ހުޅުމާލޭގައި ބިދޭސީ އަންހެނަކަށް ތޫނުއެއްޗަކުން ހަމަލާދީ ފައިސާ ފޭރިގެންފިއެވެ.
"މިނިވަން" ނޫހަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރޭ ފަތިހުގެ ވަގުތެއްގައި ހުޅުމާލޭ ފޭސް 1 ގެ ސްޕާއެއްގައި މަސައްކަތް ކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅައި ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.