logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024

ބިދޭސީން ގެންނަ ފަރާތްތަކާ ހޯމް މިނިސްޓަރ ބައްދަލުކުރަނީ

ވަޒީފާ ދޭ ފަރާތްތަކާ އަދި އެކްސްްޕެޓް ސިސްޓަމް ބޭނުން ކުރާ ފަރާތްތަކާ ހޯމް މިނިސްޓަރ އަލީ އިހުސާނު ބައްދަލު ކުރައްވަން ހަމަޖައްސަވައިފިއެވެ.

މިރޭ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ހުއްދަތައް ދޫކުރުމަށް އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކާއި، އަދި ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކާ އެ ވުޒާރާގެ ވަޒީރު އަލީ އިހްސާނު މި މަހުގެ 20 ވަނަ ދުވަހު ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި އެ އިޢުލާނުގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ހުއްދަތައް ދޫކުރުމަށް އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކާއި، އަދި ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކުގެ ތެރެއިން އެ ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 19 އޯގަސްޓް 2024 ގެ 12:00 ގެ ކުރިން އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ އޮންލައިން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމށް ވަނީ އެދިފައެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ލިންކު Minister’s Meeting with Expatriates' Employers & Xpat Users | 20th August 2024 (office.com)

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *