ހެދިކާއެއްގެ ތެރޭގައި އޮތް ތޫނު އެއްޗަކުން ކުޑަ ކުއްޖެއްގެ އަނގައިގެ ހިރުގަނޑު ޒަހަމްވެއްޖެއެވެ.
މިކަން ހިނގާފައިވަނީ ގދ. ތިނަދޫގައެވެ. މި ހާދިސާގައި ޒަޚަމްވި ކުޑަ ކުއްޖާގެ އަނގައިގެ ކަނާތު ފަޅީގެ ތިރީ ހިރުގަނޑާ ދިމާލުން ވަނީ ބޮޑުތަނެއް ކަފައިގެންގޮސްފައެވެ.
މިކަމަ ގުޅިގެން އެކުއްޖާގެ އާއިލީ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތިނަދޫ ސުމަން ފިހާރައިން ގަތް ހެދިކާ ކޭއިރު، ފުޅިތޮށިގަނޑެއްއަނގައަށް ވަދެ، ކޮއްކޮގެ އަނގައިގެ އެތެރެ ކަފައިގެން ގޮސްފައިކަމަށެވެ. އަދި އެތަނަކީ އެ ރަށު ވަރަށް ގިނަ މީހުން ހެދިކާ ގަންނަ ތަނެއްކަން ފާހަގަކޮށްބުނެފައިވަނީ ހެދިކާ ވިއްކާއިރު ސާފުތާހިރު ކަމަށް ބަލަން ޖެހޭ ކަމަށެވެ.
އެފިހާރައިން ވިއްކީ އެރަށު ކެފޭއެއްގައި ހަދާ ހެދިކާއެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެކެފޭ ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ސުމަންފިހާރައިގަ ވިޔަފާރިކުރަންތިބެނީ ބިދޭސިން