20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމް އަބްދުﷲ ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ޗައިނާއަށް ފުރަވަޑައިގެންފިއެވެ.
މަޖިލިސްކުރާގެއިން ހާމަކޮށްފައިވާ ގޮތުގައި މަޖިލިސް ރައީސްގެ މި ދަތުރުފުޅަކީ "2024 އިންޓަރރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯރ ޕާލަމެންޓްސް އޮފް ޑެވެލޮޕިންގ ކަންޓްރީސް" ގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މަޖިލިސް ރައީސްގެ މި ދަތރުފުޅުގައި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލް އާއި ބާރަށު ދާއިރާގެ މެންބަރ ޝުޖާއު އާއި އަދި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރ ޝާހިދު ބައިވެރިވެވަޑައިގަންނަވައެވެ.