އެޗްޑީސީން މިއަދު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެ މަޝްރޫއުގެ ދަށުން 3 ބުޓީކް ހޮޓާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯންގެ އާބަން އައިލްގައި ކަމަށެވެ. އަދި ބްޓިކް ހޮޓާ ތަރައްގީކޮށް ހިންގަން ހުސަހަޅާ ފަރާތްތަކުގެ ތެރެއިން މަޝްރޫއު ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި އިސްކަން ދޭނީ ލޭންޑް ލީސް މޮޑެލަށް ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ. ނަމަވެސް ޝަޢުގުވެރިކަން ހުރި ފަރާތްތަކަށް އެހެނިހެން މޮޑެލްތަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅިދާނެކަމަށްވެސް ބުނެފައިވެއެވެ.
ޕްރޮޕޯޗސްލް ތައް އިވެލުއޭޓް ކުރުމުގައި ހުށައަޅާފައިވާ ބިޒްނަސް މޮޑަލްއާއި، ހޮޓެލް އޮފަރޭޝަން އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނާފައިވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި މަޝްރޫއުއަށް ޝައުގުވެރިކަން ހުރިފަރާތްތަކުން އެޗްޑީސީގެ business@hdc.mv އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު 1 ސެޕްޓެމްބަރ 2024 ގެ 14:00 ގެ ނިއަލަށް ވަނީ ހުޅުވާލާފައެވެ. އަދި އެ މަޝްރޫޢުއާއިގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން https://www.hdc.mv/announcements ލިބެން ހުންނާކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.