logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

ގަސްދުގައި ޓެކްސްއަށް މަކަރު ހެދިކަމުގެ ދައުވާ މައި ކެމިސްޓްގެ ވެރިމީހާގެ މައްޗަށް ކުރަނީ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑޮކްޓަރީ ބޭސް އިމްޕޯޓްކޮށް، ވިއްކާ "މައި ކެމިސްޓް" ގެ ވެރިޔާ ހުސައިން އިރުފާން، ގަސްދުގައި ޓެކުހަށް މަކަރު ހަދާ ކަމަށްތުހުމަތުކޮށް، އޭނާއަށް ދައުވާކޮށްދިނުން އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް މޯލްޑިވްސް އިންލޭންޑް އޮތޯރިޓީ (މީރާ) އިން ފޮނުވައިފި އެވެ.

އިރުފާނަކީ ޑަކްޓަރީ ބޭސް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ ފަރާތެކެވެ

މީރާއިން ނެރުނު ނޫސް ބަޔާނުގައި ބުނީ އިރުފާން ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތު ކުރެވޭތީ ތަހުގީގުކޮށްފައި ވަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައިކަމަށެވެ. މިއީ ޓެކްސް ދައްކާ ފަރާތުން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ހުށަހަޅާފައިވާ ބީޕީޓީ ބަޔާންތަކާއި ޓެކްސް އަހަރު 2020 އަށްހުށަހަޅާފައިވާ އިންކަމް ޓެކްސް ބަޔާނުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އެކަން ތަހުގީގުކޮށްފައި ވަނީ ގަސްދުގައި ޓެކްސްފައިސާ ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކޮށްފައިވާ ކަމަށް ބެލެވޭތީ ކަމަށް މީރާއިން ބުނެ އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ދައްކަން ޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީކުށެކެވެ. އެފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަން ޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *