logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

މާލީ ހާލަތު ދަށްވެ ވަގުތު ނޫސް ހުއްޓާލަނީ

ސަރުކާރުން ސްޕޮންސަރ ފައިސާ ނުދޭތީ "ވަގުތު" ނޫހުގެ މާލީ ހާލަތު ދަށްވެ ހުއްޓާލަން އުޅޭކަން ހާމަވެއްޖެއެވެ.

"ވަގުތު" ނޫހުން ވަނީ އެ ނޫހުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ބުނެފައިވަނީ "ވަގުތު"އަށް ސަރުކާރު ކުންފުނިތަކުން ލިބެން ޖެހޭ ސްޕޮންސަރ ފައިސާ ނުލިބި، އަދި "ވަގުތު"އަށް ޕްރައިވެޓު ކުންފުނިތަކުން އެންމެ ބޮޑު ސްޕޮންސަރދޭ 5 ތަނެއްގެ ސްޕޮންސަރ ހުއްޓާލާފައިވަތީ " ވަގުތު" މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި ނުލިބި ހުރި އެ ފައިސާ ހޯދަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވާ ގޮތް ނުވެފައިވާ ކަން ވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މި މަހުގެ މިހާ ހިސާބަށް އައިއިރު ވެސް "ވަގުތު" ނޫހުގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ދެވިފައިވާ ނުވާކަން ފާހަގަކޮށް ސިޓީގައި ބުނެފައިވަނީ އެ ނޫހުން ނަގާފައިވާ ލޯނުތަކަށް ވެސް ނުދެއްކި 4 ލައްކައެއްހާ ރުފިޔާ އެބަހުރި ކަމަށެވެ. އެހެންކަމުން އެއްވެސް މުވައްޒަފަކަށް ހިލޭ ސާބަހަށް މަސައްކަތްނުކުރެވޭނެތީ މި މަހުގެ ނިޔަލަށް، މިހާރު ދިމާވެފައއިވާ ދަތިތަކަށް އަލި މަގެއް ނުފެނިއްޖެ ނަމަ "ވަގުތު" ނޫސް ހުއްޓާލަން އެނޫހުގެ މެނޭޖްމަންޓުން ނިންމާފައިވާ ކަންވެސް އެސިޓީގައި ބަޔާންކޮށްފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *