logo minivan

English

ބުރާސްފަތި, 26 ޑިސެމްބަރ 2024

ނޫމަޑިއަށް 55 މިލިއަން ޑޮލަރު ދޭން ޖެހުނީ މުއިއްޒުގެ ސަބަބުން: ޔަަމީން

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދޭން ޖެހުނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އެ މައްސަލައިގައި ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ދެއްވި ބަޔާން މުއިއްޒު ބަދަލުކުރެއްވިކަން މަޖިލީހުގެ ކޮމިޓީން ހާމަވި ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ބަޔާން ނުދެއްވާ ކަމަށް މުއިއްޒު ވިދާޅުވެ ކަނޑައެޅިގެން ދޮގު ހެއްދެވި ކަމަށް ވެސް ރައީސް ޔާމީން ތުހުމަތު ކުރެއްވި އެވެ.

އިތުރަށް ރައީސް ޔާމީން ވިދާޅުވީ އެކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ ނުކުރެއްވީ އެމްޑީޕީ އާއި މުއިއްޒުއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ވެވަޑައިގަތުމަށް މުއިއްޒު ހުށަހެޅުއްވި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *