ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސައުދީ އަރަބިއާއަށް ކުރަވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރ ވަލީއަހުދު ފައިސަލް ބިން ފަރްހާން އައްސައުދާ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގުތިސޯދީ ރޮނގުންނާއި ބައިނަލްއަގުވާމީ ދާއިރާގައި އެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުންނާއި، ސައުދީ އަރަބިއާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެކަމަށްޓަކައި ސައުދީ އަރަބިއާއަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ފަރާތުން ސައުދީގެ ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލް އަޒީޒަށް ފޮނުއްވެވެފި ސިޓީފުޅު ޙަވާލުކުރައްވާފައިވާކަމަށްވެސް ފޮރިނ މިނިސްޓަރީން ބުނެފައިވެއެވެ.