logo minivan

English

ބުދަ, 15 ޖެނުއަރީ 2025

ކުރީ ސީޕީގެ ތުހުމަތުތައް މިހާރުގެ ސީޕީ ދޮގު ކުރައްވައިފި

ނޫމަޑި މައްސަލައިގަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ގުޅުވާ ކުރީގެ ސީޕީ ހުސައިން ވަހީދު ދެއްކިވާހަކަތައް ކޮމިޝަނަރ ދޮގުކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހުސެއިން ވަހީދު މަގާމުން ވަކިކުރީ، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވާލި ހާދިސާގެ ތަހުގީގުތައް ފަށާފައި ވަނިކޮށެވެ. މަގާމުންވަކިކޮށް ހުސެއިން ވަހީދު ބަދަލު ކުރީ، ހުސެއިން މިނިސްޓްރީގެ ސްޓޭޓަކަށެވެ. އަދި އޭގެ ފަހުން އަނެއްކާވެސް ޔޫތް މިނިސްޓްރީއަށް ބަދަލުކޮށްފައި ވެއެވެ.

ސަރުކާރު އުފެދުނު ފަހުން ރައީސް ޔާމީނާއި، ރައީސް މުއިއްޒު ދެމެދު ސިޔާސީ ގޮތުން ހިޔާލު ތަފާތުވުން އުފެދުނެވެ. އަދި ޕީޕިއެމް ދޫކުރައްވައި، ރައީސްޔާމީން އުފެއްދެވި ޕީއެންއެފްގެ ޖަލްސާތަކުގައި އެމަނިކުފާނު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ރޭ ޕާޓީ އޮފީހުގައި އޮތް ޖަލްސާގައި ރައީސް ޔާމީން ވެސް، ވަނީ ނޫމަޑި މައްސަލައާއި ގުޅުވައި ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އެކަމަށް ބާރު ދެއްވައި ޖަލްސާގައިޝުޖާއު ވިދާޅުވީ ނޫމަޑި މައްސަލައިގައި ރައީސް މުއިއްޒު އާއި ބައްދަލު ކުރުމަށް އޭނާ ދިޔައީ މިހާރުގެ ސީޕީ ޝުޖާއު އާއި އެކުގައި ކަމަށެވެ.

ހުސައިން ވަހީދު ދެއްކި ވާހަކަ ދޮގު ކުރައްވާ ކޮމިޝަނަރ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ސީޕީ ހުސައިން ވަހީދު ދައްކާފައިވާ ވާހަކައިގަ ނޫމަޑިމައްސަލައިގަ ރައީސް މުޢިއްޒު އާއި ބައްދަލު ކުރުމަށް ޝުޖާއު އާއިއެކު އޭނާ ދިޔަކަމަށް ވިދާޅުވި ވާހަކައަކީ ހަގީގަތާއި ހިލާފު، އަދި އެއްވެސް އަސާސެއް ނެތްވާހަކައެއް ކަމަށެވެ.

މިއާއިއެކު އެ ބަޔާނުގައި ބުނީ ނޫމަޑި މައްސަލައާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރުމަށް ކުރީގެ ސީޕީ ހުސައިން ވަހީދުއާއެކު އެއްވެސް ފަރާތަކާއިއެއްވެސް ހައިސިއްޔަތަކުން ސީޕީ ޝުޖާއު ބައްދަލު ކޮށްފައި ނުވާނެ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *