logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

އޮކްސްފޯޑް ޔުނިވާސިޓީގެ ޗާންސެލަރ ގެ މަގާމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ކުރިމަތިލައްވައިފި

ޕާކިސްތާނުގެ ޖަލުގައި ހުންނެވި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާންޙާން އިނގިރޭސި ވިލާތުގެ އޮކްސްޕޯޑް ޔުނިވާސިޓީގެ ޗާންސެލާރ ކަމުގެ މަޤާމަށް ކުރިމަތިލައްވައިފިއެވެ.

އިމްރާން ހާން އަކީ އޮކްފޯޑް ޔުނިވާސިޓީގެ ގްރެޖުއޭޓް އެކެވެ. އެމަނިކުފާނު އެ ޔުނިވާސިޓީން ވަނީ ފިލޯސަފީ އާއި އިކޮނޮމިކްސް އަދި ޕޮލިޓިކްސްގެ ދާއިޜާއިން މަތީތައުލީމު ޙާސިލްކުރައްވާފައެވެ. އެމަނިކުފާނު އެ ޔުނިވާސިޓީން ގްރެޖުއޭޓް ވެފައިވަނީ 1975 ވަނަ އަހަރުއެވެ.

އޮކްސްފޯޑްގެ ޗާންސިލާރ ކަމުގެ މަޤާމަކީ ކޮންމެ 10 އަހަރަކުން އިންތިހާބުކުރާ ރަމްޒީ މަގާމެކެވެ. މީގެ ކުރިން 2005 ވަނަ އަހަރުން 2014 ވަނަ އަހަރާ ހަމައަށް އިމްރާންހާން ވަނީ އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީގެ ޗާންސެލާރ ގެ މަގާމުވެސް އަދާކުރައްވާފައެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ވެބްސައިޓްގައި ވާ ގޮތުން ޗާންސެލާރ ގެ މަގާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓު އޮކްޓޯބަރު މަހު އެ ޔުނިވާސިޓީގެ ވެބްސައިޓުގައި އާމުކުރާނެއެވެ. އަދި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ ފަހުކޮޅުގައިއެވެ..

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ