logo minivan

English

ބުދަ, 15 ޖެނުއަރީ 2025

ހއ. ގެ އުތުރުން ފަޅުވެރިން ނެތް މަސްބޯޓެއް އޮޔާ ދާތީ ސަމާލުވުމަށް އަންގައިފި

ސްރީލަންކާގެ މަސްބޯޓެއް އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްްޓްގާޑަށް ލިބިފައިވާތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވެލެއްވުމަށް އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނެފައިވަނީ އިންޖީނު މައްސަލަ އެއްޖެހިގެން ފަޅުވެރިން ބޯޓް ދޫކޮށްލާފައިވާ ސްރީލަންކާގެ މަސްބޯޓެއް ހއ.ވަނގާރުގެ ހުޅަނގުން 39 ނޯޓިކަލް މޭލު ބޭރުން އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާކަމަށެވެ.
އަދި ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރަކަށްވެފައި ވައި ޖެހެނީ ހުޅަނގާއި ހުޅަނގުއުތުރުން ކަމަށްވާތީ މި ބޯޓް، އޮޔާއެކު ދިވެހިރާއްޖެއަށް ކައިރިވާނެކަމަށް ލަފާކުރެވޭތީ، އެ ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *