logo minivan

English

ބުދަ, 15 ޖެނުއަރީ 2025

މައްސަލައެއް ބަލަމުންދާތީ އާސަންދައިން އީވް ކްލިނިކް ސަސްޕެންޑް

އާސަންދައިން މިހާރު ބަލަމުންދާ މައްސަލައަކާއި ގުޅިގެން އީވް ކްލިނިކުން އާސަން ދޫކުރުން ސަސްޕެންޑްކޮށްފައިވާކަމަށް އާސަންދައިން ހާމަކޮށްފި އެވެ.

އީވް ކްލިނިކް ސަސްޕެންޑްކޮށްފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އާސަންދައިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

މީގެކުރިން އާސަންދައިން ވަނީ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުންވެސް އާސަންދަ ދިނުން ވަގުތީގޮތުން މެދު ކަނޑާލާފަ އެވެ. އެހޮސްޕިޓަލުން އާސަންދަމެދުކަނޑާލީ ސިއްހީ ފަރުވާދޭ އަގުތައް ބޮޑުވެގެން ދިޔުމުން ކަމަށް އާސަންދައިން ބުނެ އެވެ.

ރާއްޖޭގައި އާސަންދައިގެ ހިދުމަތް ދޭ ސަރުކާރު ހޮސްޕިޓާތަކާއި ސިއްހީ މަރުކަޒުތަކުގެ އަދަދަކީ 193 އެވެ. އަމިއްލަ ހޮސްޕިޓާތަކާއި ކްލިނިކްތައް ހިމެނޭ ގޮތަށް141 ތަނަކުން އާސަންދައިން ހިދުމަތް ދެއެވެ. ރާއްޖެއިން ބޭރުން އާސަންދަ ލިބޭ ތަންތަނުގެ އަދަދު  61 އަރައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *