logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

މެމްބަރު މަންޑޭއަށް ސިހުރު ހެދިކަމުގެ ތުޙުމަތުވާ ދެމީހަކަށް ދައުވާކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު މަމްދޫހު (މަންޑޭ) އަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލާގައި 2 މީހަކަށް ދައުވާކުރަން ފުލުސް އޮފީހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ދައުވާކުރަން ފޮނުވާފައިވަނީ 60 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކަށް ކަމަށެވެ.

އެ މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ފޮނުވީ މިދިޔަ މަހުގެ 2 ވަނަ ދުވަހު ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މަމްދޫހަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައިގެ ތުހުމަތުވާ މީހުން ސިހުރު ހަދާފައިވަނީ އެ ރަށުގެ އެކި ހިސާބުތަކުގައި ހުރި ބިޔަ ގަސްތަކުގައި ކަމަށްވެ އެވެ.

އެ މީހުން ސިހުރު ހަދަން ބޭނުންކުރި ބައެއް ސާމާނުގެ ފޮޓޯތައްވެސް ސޯޝަލް މިޑީއާގައި އާއްމުވި އެވެ. ތުހުމަތު ކުރެވޭ މީހުންނާ ދެކޮޅަށް ރަށުގައި އަޑުވެސް އުފުލި އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *