logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024
ރައީސް ޑރ.މުއިއްޒު

އިސްލާން ދީނާއި ޙިލާފުނުވާ ހެދުމެއް އަޅާނަމަ ވަޒީފާ ދިނުމުގައި ތަފާތުކޮށްގެން ނުވާނެ: ރައީސް ޑރ.މުއިއްޒް

އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެކަމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ މިއަދު ހެނދުނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނުގެ ފޯސްޓަގައިވަނީ "އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ! އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް. އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި. އަޅުގަނޑުމެންގެ މި މުޖުތަމަޢު އަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައަޅަމާތޯ!" އެވެ.

އެމަނިކުފާނު އެސްގައި އެޕޯސްޓް ކުރެއްވީ ދ.ހުޅުދެލީ ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ މޫނުބުރާގާ އެޅި އަންހެނަކަށް ވަޒީފާ ނުދޭން އަންގާފައިވާ ކަމުގެ އަޑުތަކެއް ފެތުރެމުން ދާ ދަނޑިވަޚޅެއްގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ