ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމުން ށަމީމް ވަކިކޮށްދިނުމަށްއެދި ފޭދޫ ދާއިރާގެ މްންބަރު ޝާހިދު ރައްޔިތުންގެ މަޖިލިސްއަށް ހުށަހެޅި ޝަކުވާ އާއި ގުޅިގެން މަޖިކީހުގެ ޖުޑިޝަރީ ކޮމެޓީން ޝަމީމް މަގާމުން ވަކިކުރުމަށް މަޖިލިސް ފްލޯރ އަށް ފޮނުވުމަށް ނިންމުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމުން ޝަމީމު އިސްތިއުފާ ދީފައިުވަނިކޮށް ރޭ މަޖިލީހުގެ ކުއްކި ޖަލްސާއެއް ބާއްވައި ޕްރޮސެކިއުޓާ ޖެނެރަލްެ މަގާމުން ޝަމީމު ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
ހަތްދިހަ ހަ މެންބަރުން ހާޒިރުވި ޖަލްސާ ގައި 65 މެންބަރުން ވަނީ ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން ފެންނަ ކަމަށް ވޯޓް ދީފަ އެވެ. އެކަމާ ދެކޮޅަށް ވޯޓް ދިނީ ނުވަ މެންބަރުންނެވެ. އެއް މެންބަރަކު ވަކި ކޮޅަކަށް ވޯޓް ނުދެއްވައެވެ.
ރޭ މަޖިލީހުގެ ބަހުސް ފެށުމާއެކު އެމްޑީޕީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވާ ޝަމީމް އިސްތިއުފާ ދެއްވިކަން ރާއްޖޭގެ ބޮޑެތި ހުރިހާ މީޑިއާތަކުން އިއުލާނު ކޮށްފައިވާ ކަމަށާ އެހެން ކަމުން މިހާރު ހިންގާ ބަހުސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސްރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ ޝަމީމް އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން ދެން އެމްޑީޕީގެ މެންބަރުން ވަނީ ޝަމީމް އިސްތިއުފާ ދެއްވިކަން ކަށަވަރު ކުރެއްވުމަށް ފަހު ޖަލްސާ ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. އެއާއެކު ރިޔާސަތުން ވިދާޅުވީ ޖަލްސާ ފެށުމުގެ ކުރީން ވެސް އެކަން ޔަގީން ކުރަން ރައީސް އޮފީހާއި މުއާމަލާތް ކުރެއްވި ކަމަށެވެ.
ރޭގެ ޖަލްސާގެ ބަހުސްގައި ސަރުކާރުގެ ޕީއެންސީގެ މެންބަރުން ވަނީ ޝަމީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.
މަޖިލީހުގެ ކޮމިޓީ ބައްދަލުވުމަށްފަހު ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ އޭނާއަކީ އެއްވެސް އިރެއްގައި "މަގާމު ބޭނުންވެގެން އުޅޭ މީހެއް ނޫންކަމަށާއި، ރާއްޖޭގެ ސިޔާސީ މަސްރަހުގެ ކަންކަން ފާހަގަކޮށް އޭނާ އަބަދުވެސް ހުންނަނީ މަގާމުން ދުރުކޮށްފާނެ ހާލަތެއް އައިސްދާނެ ކަން ތައްޔާރުވެގެން ކަމަށެވެ. އެކަންކަމަކީ އިތުބާރު ނެތިގެން ހިނގާ ކަމެއް ނޫންކަމަށާއި، އެއީ ރާއްޖޭގައި ކަންކަން ހިނގާ ގޮތް ކަމަށް ޝަމީމު ވިދާޅުވިއެވެ.