މިހާރު ޓައިޕިން މޭން އޮފް އިންޑިއާ ގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 43 އަހަރުގެ ޗައުދަރީ ކޮމްޕިއުޓަރ ޓައިޕިންގެ ދާއިރާއިން 20 ގިނީސް ވޯލްޑް ރެކޯޑް ގާއިމް ކޮށްފިއެވެ.
ދިއްލީގެ ކޮމްޕިއުޓަރު ޓްރެއިނަރެއް ކަމަށްވާ ވިނޯދް ކުމާރު ޗައުދަރީ ވަނީ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑޫލްކަރުގެ 19 ގިނިސް ވޯލްޑް ރެކޯޑްގެ ރެކޯޑަށްވުރެ އޭނާގެ ރެކޯޑް ގެ އަދަދު އިތުރުކޮށްފައެވެ.
އެންމެ އަވަހަށް ބްލައިންޑްފޯލްޑް ޓައިޕް ކުރުމާއި، މައުތު ސްޓިކުން ޓައިޕް ކުރުމާއި، އެންމެ އަވަހަށް ނޭފަތުން އަކުރު ޓައިޕް ކުރުމާ ހަމައަށް އެކި ގޮތްގޮތަށް ޓައިޕްކުރުމުން އޭނާ ވަނީ ރެކޯޑް ތައް ގާއިމްކޮށްފައެވެ. އޭނާގެ އެންމެ ފަހުގެ ރެކޯޑަކީ 5 ސިކުންތުން ބެކްވާޑް ބްލައިންޑްފޯލްޑް ޓައިޕް ކޮށްގެން ހަދާފައިވާ ރެކޯޑެކެވެ.
ޗައުދަރީ އަކީ ސަޗިން ޓެންޑޫލްކަރުގެ ވަރަށް ބޮޑު ސަޕޯޓަރެއްކަމަށް އޭނާ ބުނެއެވެ. އެހެންވެ އޭނާ ބޭނުންވަނީ އޭނާ އެންމެ ފަހުން ގާއިމްކުރި އޭނާގެ 20 ވަނަ ގިނިސް ވޯލްޑް ރެކޯޑް ސެޓްފިކެޓް ސަޗިން ޓެންޑްލްކަރު ގެ އަތުން ލިބިގަތުމަށްކަމަށް އޭނާ ބުނެއެވެ. 2023 ވަނަ އަހަރުގެ މާޗް މަހު އޭނާ ވަނީ ކްރިކެޓް ގްލޯވްސް އަޅައިގެން އެންމެ އަވަހަށް އަކުރު ބެކްވާޑް ޓައިޕް ކުރުމުގެ ރެކޯޑް ވެސް 11.34 ސިކުންތުން ގާއިމްކޮށްފައެވެ.
ދުނިޔޭގެ ރެކޯޑްތަކުގެ އިތުރުން، ކޭބީސީ ކޮމްޕިއުޓާ އިންސްޓިޓިއުޓްގެ ވެރިޔާ ޗައުދަރީ އަކީ ނިކަމެތި ބެކްގްރައުންޑްގެ ދަރިވަރުން ތަމްރީނުކޮށް، ވަޒީފާ ތައް ހޯދައިދިނުމަށް އެހީތެރިވެދެމުންދާ ފަރާތެކެވެ.
އޭނާގެ ދަތުރާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޗައުދަރީ ބުނީ ކުޑައިރުއްސުރެ އެތުލެޓިކްސްއަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުރި ކަމަށެވެ. ސްކޫލް ފެންވަރުގައި 100 މީޓަރާއި 200 މީޓަރު ދުވުމުގައި ބައިވެރިވެ ކާމިޔާބީތައް ހޯދާފައިވާނެކަމަށާއި. މިލްކާ ސިންގްގެ ފަރާތުން އިންސްޕަޔާވެ އޮލިމްޕިކްސްގައި ގައުމު ތަމްސީލުކުރަން ބޭނުންވިކަމަށެވެ. ނަމަވެސް އޭނާގެ މާލީ ހާލަތުގެ ސަބަބުން މަޖުބޫރުވީ އާމްދަނީ ހޯދަން ވަޒީފާ އަދާކުރުމަށްކަމަށެވެ.
ޗައުދަރީގެ 20 ގިނިސް ވޯލްޑް ރެކޯޑްގެ ތެރެއިން ނުވަ ރެކޯޑަކީ ތަފާތު ރެކޯޑެއް ކަމަށާއި އެއީ ދުނިޔޭގައި އެ ރެކޯޑްތައް ހެދި ފުރަތަމަ ފަހަރުކަމަށްވެއެވެ. ގިނިސްގެ ރަސްމީ ވެބްސައިޓުގައި ވާގޮތުން އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ ސަޗިން ޓެންޑުލްކަރަކީ އޭނާގެ ނަމުގައި ގިނިސް ވޯލްޑް ރެކޯޑްސްގެ 19 ތަށި ހޯދާފައިވާ ކުޅުންތެރިއެކެވެ.
އޭގެ ތެރޭގައި ކެރިއަރުގައި އެންމެ ގިނަ ޓެސްޓް މެޗުތަކުގެ ޓައިޓަލް، ބައިނަލްއަގުވާމީ ކްރިކެޓްގައި އެންމެ ގިނަ ރަން ނެގި ކުޅުންތެރިޔާގެ އިތުރުން ބައިނަލްއަގުވާމީ ކެރިއަރުގައި އެންމެ ގިނަ ރަން ނެގި ކުޅުންތެރިޔާގެ ރެކޯޑް ހިމެނެ އެވެ.