logo minivan

English

ހުކުރު, 13 ސެޕްޓެމްބަރ 2024

ފާއިތުވި 119 އަހަރުގެ ތެރޭގައި ފެނުނު އެންމެ ބޮޑު ޑައިމަންޑް ބޮޓްސްވާނާގެ މައިނަކުން ފެނިއްޖެ

ފާއިތުވި 119 އަހަރުގެ ތެރޭގައި ފެނުނު އެންމެ ބޮޑު ޑައިމަންޑް ބޮޓްސްވާނާގެ މައިނަކުން ފެނިއްޖެއެވެ.

ބޮޓްސްވާނާގެ މައިނުން ފެނުނު ޑައިމަންޑަކީ 500 ގްރާމަށްވުރެ ޑައިމަންޑެއްކަމަށާއި ޑައިމަންޑަކީ 2،492 ކެރެޓްގެ ޑައިމަންޑެއްކަމަށް ޑައިމަންޑް ހޯދި މައިން އާއި ޙަވާލާދީ ބުނެފައިވެއެވެ. 2016 ވަނަ އަހަރުވެސް  އެ މައިނުން ފެނުނު އެއަށްވުރެ ކުޑަ ޑައިމަންޑެއް 63 މިލިއަން ޑޮލަރަށް ވިއްކާލާފައިވެއެވެ.

ކެނެޑާގެ މައިނިން ކުންފުނި ލޫކާރާ ޑައިމަންޑް ކޯޕަރޭޝަނުން ބުނީ އެކްސްރޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ޑައިމަންޑް ހޯދާފައިވަނީ ސެންޓްރަލް ބޮޓްސްވާނާގެ ކަރޯވޭ މައިންގައިކަމަށެވެ. ޑައިމަންޑު ފެނުމާއެކު ބުރާސްފަތި ދުވަހު ވަނީ އެ ގައުމުގެ ރައީސް މޮކްގްވީޓްސީ މަސީއަށް ދައްކާލުމަށްޓަކއި ޑައިމަންޑް އެމަނިކުފާނުގެ އަތްޕުޅަށް އަރުވާފައެވެ.

މި ޑައިމަންޑަކީ 1905 ވަނަ އަހަރު ދެކުނު އެފްރިކާއިން ފެނުނު "ކުލިނާން ޑައިމަންޑް" ފެނުނު ފަހުން ފެނުނު އެންމެ ބޮޑު ޑައިމަންޑެވެ. "ކުލިނާން ޑައިމަންޑް" އަކީި 3،106 ކެރެޓްގެ ޑައިމަންޑެކެވެ.

ބޮޓްސްވާނާ އަކީ ރަޝިއާއަށްފަހު ދުނިޔޭގައި އެންމެ ގިނައިން ގުދުރަތީ ޑައިމަންޑް ފެންނަ ގައުމެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ގިނަ ޑައިމަންޑްތަކަކީ މަދުވެގެން ބިލިއަން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޑައިމަންޑުތަކެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *