logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދިކަމުގެ ތުހުމަތުވާ ބައެއް އޮފިސަރުންނަށް ދައުވާކޮށްފި

މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާކަމަށް ތުހުމަތުކުރެވޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ.

ޤަވާއިދާ ޚިލާފަށް މާފުށީ ޖަލަށް ތަކެތި ވައްދާކަމުގެ ތުހުމަތުގައި ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންތަކެއް ހައްޔަރުކުރީ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ. ފުލުހުން ވިދާޅުވެފައިވަނީ މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު އެހީވާކަން އެނގިފައިވާ ކަމަށެވެ. އޭގެތެރެއިން 13 އޮފިސަރެއް ޙައްޔަރުކޮށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ. ފުލުހުން ވިދާޅުވެފައިވަނީ އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ހެކި ލިބިފައިވާކަމަށްވެސް ބުނެފައެވެ.

މި 13 އޮފިސަރުންގެ ތެރެއިން 5 މީހެއްގެ މައްވަށް ދަޢުވާ އުފުލާފައިވާކަަމށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ. އެގޮތުން އެމީހުންގެ މައްޗަށް ދަޢުވާކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާކަމަށް ޕްރޮސެކުއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ.

ދަޢުވާ އުފުލި 5 މީހުން:

1. ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް ޢަބްދުއްރަޙީމް
2. ކ. މާފުށި، ބީޗްހައުސް، ޢަލީ ހިޝާމް
3. ހދ. ނޭކުރެންދޫ، ތަރާނާގެ، ޢަލީ ނާޡިމް
4. ގއ. ވިލިނގިލި، ކުއްޅަވައްގެ، މުޙައްމަދު ފަތޫޙު ފަތުޙުﷲ
5. ނ. ލަންދޫ، ކާމިނީގެ، ޢަލީ އަސްފާޤް

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ މި ފަސްމީހުންގެ ތެރެއިން ޖިނާޙް ޢަބްދުއްރަޙީމްއާއި، ޢަލީ ހިޝާމްގެ މައްޗަށް 3 ދަޢުވާއެއް އުފުލާފައިވާކަމަށެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއާއި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާއެވެ

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ