ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ބަދަލުކުރައްވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަށް މުހުތާޒު ބަދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް އައްޔަންކުރެއްވި މުހުތާޒު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގެ ތެރޭގައި އެމަނިކުފާނަށް ތާއީދުކުރައްވާ މަސައްކަތް ކުރައްވައިފަ އެވެ.
ކުރީގެ ޕީޖީގެ މަގާމު ފުރުއްވި މުހުތާޒް މީގެ ކުރިން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރެއްވި އެވެ. އަދި ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އޭނާ ބަދަލުކޮށްފައިވަނީ ހުސްވެފައިވާ ޕީޖީގެ މަގާމު ހުސްވެފައިވާ ދަނޑިވަޅެއްގަ އެވެ.