logo minivan

English

ބުދަ, 15 ޖެނުއަރީ 2025

އާސަހަރާ ބޮޑުކޮށް އަލުން ހުޅުވަނީ

އާސަހަރާގެ މިސްކިތް 3،200 އަކަފޫޓަށް ބޮޑުކޮށް ސެޕްޓެމްބަރު މަހަށް މުޅި މަސައްކަތް ނިންމައިލެވޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމްގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަސައްކަތް ނިމިގެން ދާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވުޟޫ ކުރާ ބަޔަކާއެކު ހާއްސަ ފާހާނާއަކާއި، އަންހެން ބޭފުޅުންނަށް ވުޟޫ ކުރާ ބަޔަކާއެކު ހާއްސަ ފާހާނާއެއް ހުންނާނެ ކަމަށެވެ.

މީގެ އިތުރަށް ޖަނާޒާތަކަށް އަންނަ މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ހާއްސަ ސަރަހައްދެއް ވެސް ތަރައްގީ ކުރެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ބަންދުކޮށްފައި ހުންނަ އާސަހަރާ މިސްކިތް މަރާމާތުކޮށް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައި މި ވަނީ ތިން ކޮންޓްރެކްޓަރުންނަށް އެ މަޝްރޫއުއާ ހަވާލުވުމަށް ފަހު އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *