logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހައްޔަރުކޮށްފައިވާ ދެ މީހެއްގެ މައުލޫމާތު ފުލުހުން އާއްމުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއްގައި ހައްޔަރުކުރި 2 މީހެއްގެ މައުލޫމާތު ފުލުހުން އާއްމުކށްްފިއެވެ.

ފުލުހުންގެ މީޑިއާއިން އާއްމުކޮސްފައިވާ ވަނީ ލ. އިސްދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ލ. މާބައިދޫ / މާފޮޅޭގެ، މުޙައްމަދު އަފްރާޒް (28އ) ގެ މައުލޫމާތާއި، އޮގަސްޓު މަހުގެ 22 ވަނަ ދުވަހު ވިލިނގިލި މަގުމަތިން ބަލައި ފާސްކުރުމުގެ ތެރެއިން އަތުގައި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 2 ރަބަރު ކޮތަޅު ފެނިފައިވާތީ ހައްޔަރުކޮށްފައިވާ ގއ. ވިލިނގިލި / ފުނަމާގެ، އަޙްމަދު ރިޝާޙް (34) ގެ މައުޅޫމާތެވެ.

އަދި އޭގެ އިތުރުން ގއ. ވިލިނގިލީގައި އޮގަސްޓު މަހުގެ 23 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު ފަޅު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމުހުސްކުރި ދަޅެއް ފެނިފައިވާކަމސާއި ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށްވެސް ހާމަކޮށްފައިވެއެވެ.

ފުލުހުން ގެ މީޑިއާއިން ހާމަކޮސްފައިވާ ގޮތުގައި ހައްޔަރުކުރިި 2 މީހުންވެސް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ