logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

ކުރިން ބުނި އެތި ކެންސަލް: އާންމުން ރަތަށް އެރުމުން ބީއެމްއެލްގެ ކާޑް ލިމިޓަށް ގެނައި ބަދަލުތައް އުވާލައިފި

ބޭންކު އޮފް މޯލްޑިވްސްގެ ކާޑުތަކުގެ ލިމިޓަށް ގެނައި ކުއްލި ބަދަލާއެކު އާންމުން ރުޅިގަދަވުމުން، އެބަދަލުތައް ބީއެމްއެލުން އަނބުރާ ގެންގޮސްފިއެވެ.

ބީއެމްއެލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުރީގެ ނިންމުން ބަދަލުކުރީ އެމްއެމްއޭގެ އިރުޝާދު ލިބިގެންނެވެ.

މިއަދު ބީއެމްއެލުން ގެނައި ބަދަލުތަކަކީ؛

• މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.

• މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.

• މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން.

މި ބަދަލުތައް ގެނެސްފައި ވަނީ ސަރުކާރާ މަޝްވަރާ ނުކޮށް ކަމަށް ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

އެމީހުން ތުހުމަތުކުރާ ގޮތުގައި މިއީ ބޯޑުގައި ތިބި "އެމްޑީޕީ ފިކުރުގެ މީހުން" ރާވައިގެން ރައްޔިތުން ރުޅި އަރުވާލުމަށް ސަރުކާރަށް ދިން ލަނޑެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. އާންމު ދެމެމްބަރުން ފިޔަވައި ބޯޑުގައި ދެން ތިބޭނީ އެވަގުތަކު ހުންނަ ރައީސުލް ޖުމުހޫރިއްޔާ ބުނާގޮތަށް ކަންކުރަން ލާފަ ތިބޭ އޭނާ ހިތާވާ ބައެއް. ނޫސްވެރިންވެސް ކަންހިގާގޮތް ރަގަޅަށް ދަސްކުރަން ފޮތް ކިޔަން އެބަޖެހޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *