logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

ހިތުގައި ބިންވަޅު ނަގަންވީ ނުގުޑާ އަޒުމް، އެއީ ކާމިޔާބީގެ އަސްލު: ރައީސް

ގޮސް ހުސްވެގެން މައިދާން ދޫކޮށްލާފައި ދާ މީހަކަށް ނުވާން އަޒުމް ކަނޑައަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.

މަޖީދިއްޔާ ސްކޫލްގެ އަހަރީ ގުޅުވައިގެން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނުގުޑާފަދަ އަޒުމެއްގައި ކަންކަން ކުރަން ނިކުތުމުން ގިނަ ކަންތައްތަކެއް ހާސިލުކުރެވޭނެ ކަމަށާއި ކޮންމެ މީހެއްގެ ހިތުގައި ބިންވަޅު ނަގާ އަޒުމަކަށް ވާންވީ މި އަޒުމް ކަމަށެވެ.

"ތިމަންނާ ކުރަން އޮތް ކަންތައްތަކުގައި ފަހަތަކަށް ނުޖެހޭނަމޭ. ތިމަންނާ ނުވާނަމޭ ގޮސް ހުސްވެގެން މައިދާން ދޫކޮށްލާފައި ދާ މީހަކަށް. އެއާ ހިލާފަށް ކުރިމަތިވާ ހުރިހާ ޗެލެންޖުތަކާ ކުރިމަތިލައިގެން، ހުރިހާ ހުރަސްތަކެއް ގިރާ ކުރުމުގެ އަޒުމުގައި ކުރިއަށްދާންށޭ ތިމަންނަ މިހުރީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވިސްނުންތައް ބަދަލުކޮށްލަންޖެހޭ ކަމަށާއި އެގޮތުން ކޮންމެ ދިވެއްސަކު ވެސް އެމީހެއްގެ ހަޔާތުގައި އެމީހަކު ކުރަން އޮތް ކަމެއްގައި ކުރިއަށް ދިޔުމުގައި މި އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. އޭރުން ކަންތައްތަކުގައި ކާމިޔާބު ލިބޭނެ ކަމަށާއި ގުރުއާނާއި ސުންނަތުގައި ވެސް މިކަން އޮތީ މިގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *