މާލޭގެ މާފަންނުގައި ހުރި އޮފީހަކުން ވައްކަން ކުރި ދެމީހަކު ފުލުހުން ހައްރަކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ، އުމުރުން 43 އަހަރުގެ މުހައްމަދު ކްރިކް ރިޒާ، މާލެ/ މއ. ކުރިކީލަހިޔާ ގެ އިތުރުން އުމުރުން 45 އަހަރުގެ އަހުމަދު ނަސްރު، ދިގުވާޑް، ފެއަރީ، ފުވައްމުލައް އެވެ.
ފުލުހުން ބުނީ، މ. ކަނީރުވިލާގައި ހުންނަ ރެއޯލޯ އޮފީހުން ވައްކަންކުރި މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން ވަގަށް ނެގި ތަކެތި ހޯދުމަށް ސީސީޓީވީ ފޫޓޭޖް ބަލައި ފުލުހުން ކުރި މަސައްކަތުން އެ ތަކެތި ހޯދައި ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ އޮފީހުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ދެ ލެޕްޓޯޕާއި މޮބައިލް ފޯނުތަކެއްގެ އިތުރުން އެހެނިހެން ތަކެތިވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުންދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.