logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

200 އާ ގާތްކުރާ އަދަދަކަށް ހުރި ބަނގުރާ، މާފަރު ޕޮލިސް ސްޓޭޝަނުން ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ނ. މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ، އެތަކެއްޗަކީ މި ދިޔަ އެޕްރީލް މަހުން ފެށިގެން ޖުލައި މަހާ ހަމައަށް މާފަރު އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ބަނގުރާތަކެއް ކަމަށެވެ.

އެގޮތުން، ނައްތާލާފައިވަނީ 117 ފުޅި ބަނގުރާ އަދި 76 ދަޅު ބަނގުރާ ކަމުގައި ފުލުހުން ވަނީ ހަމަކޮށްފައެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *