logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ކުޑަކުއްޖަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އަންހެނަކު ހޯދަން އިއުލާނު ކޮށްފި

ކުޑަ ކުއްޖަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ، އޭނާ ހޯދަން އިއުލާނު ކޮށްފައިވާނީ، ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށާއި، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ކަމަަށެވެ.

މި މައްސަލާއާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ، ގދ. ގައްދޫ / ދިލާވަރުގެ އުމުރުން 25 އަހަރުގެ ޝަފުރާ އަބްދުﷲ އާދަމް އެވެ. 

ފުލުހުން ވަނީ، ޝަފުރާ އަންނަ ސެޕްޓެމްބަރ މަހުގެ ދެ ވަނަ ދުވަހުގެ 10:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އިއުލާނުގައި އަންގާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ