logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

މިނިސްޓަރު ވިދާޅުވަނީ އެމްޑީޕީން އުޅުނީ މާލީ ބަގާވާތެއް ގެންނަން ކަމަށް

އިދިކޮޅު އެމްޑީޕީން އިއްޔެ ގެންނަ އުޅުނު މާލީ ބަގާވާތް ރައީސް ޑރ މުހައްމަދު މުއިއްޒު ފޭލްކޮށްލައްވައިފި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް އެ އިޝާރާތްކުރައްވަނީ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއްޔެ އިއުލާންކުރި ކުރުމަށެވެ.

"ގައުމީ ބޭންކުން (ބީއެމްއެލް) އިން ދިވެހި ރައްޔިތުންގެ ކަރުގައި ހިފަން އެ ނިންމި ނިންމުން ނިންމި އިރުގައި އެމްޑީޕީގެ ބޭފުޅުން ތިއްބެވީ ޕްރެސް ކޮންފަރެންސްގައި އެ ވާހަކަ ދައްކަން، އެއީ އިއްތިފާގެއް ނޫން. މިއީ އިންތިޒާމު ކުރެވިގެން ރޭވިގެން ހިންގަން އުޅުނު ބަގާވާތެއް" މިރޭ ހ. ވެޔޮވިލާ ގައި ކުރިއަށްދާ ޕީއެންސީ ޖަގަހަ ޖަލްސާގައި ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެކަަމަކު އެ ބަގާވާތެއް ނުގެނެވުނު ސަބަބަކީ އެމްޑީޕީއަށް ރައީސް މުއިއްޒުގެ ހިކުމަތްތެރިކަން  އެނގިފައި ނެތުން ކަމަށެވެ.

އަދި ރައީސް އަކީ ކަންކަމާއި ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ ވެރިއެއްކަންވެސް އެމްޑީޕީއަށް އެނގިފައި ނެތުން ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީން ބަގާވާތެއް ގެންނަ އުޅުނު ކަމަށް ޝިޔާމް ވިދާޅުވެފައިވާއިރު ގާނޫނީ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ވަނީ ސީރިއަސް މައްސަަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށާފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *