logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

އިންޑިއާގައި ހޮނުއެޅުން އާދަޔާ ޙިލާފަށް އިތުރުވެއްޖެ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންޑިއާގައި ހޮނުއެޅުން ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަމަށް ސައިންވެރިން ބުނެފިއެވެ.

އިންޑިއާގައި ހޮނުއެޅުމުގެ ހާދިސާތަކުގައި އަހަރަކު ގާތްގަނޑަކަށް 1،900 މީހުން މަރުވާ ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

އޮޑިޝާގެ ފަކީރު މޯހަން ޔުނިވާސިޓީ އިން ކޮށްފައިވާ ދިރާސާގައި ބައިވެރިވި ސައިންސްވެރިންގެ ޓީމުން ބުނީ 1967 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދު ހޮނުއެޅުމުގެ ސަބަބުން އެ ގައުމުން 101،309 މީހުން މަރުވެފައިވާ ކަމަށެވެ.

އެގޮތުން އެ ދިރާސާގެ ތަފާސް ހިސާބުތަކުން ހާމަވި ގޮތުގައި 1967 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާ ހަމައަށް ހޮނުއަޅައިގެން އިންޑިއާއިން  އަހަރަކު މަރުވާ މީހުންގެ އަދަދު 38 އިންސައްތާގައި ހުރިއިރު އެ އިންސައްތަ 2003 އިން 2020 އަށް ވަނީ 61 ޕަސެންޓަށް އިތުރުވެފައެވެ.

ހޮނުއެމުގެ ހާދިސާ ތަކުގައި އެއްމެ ގިނައިން މީހުން މަރުވެފައިވަނީ ފާއިތުވި 2 އަހަރުކަމަށް އެދިރާސާގެ ރިޕޯޓުން ދައްކައެވެ.

އިންޑިއާގައި ހޮނުއެޅުމުގެ ހާދިސާތައް އެއްމެ ގިނައިން ހިނގަނީ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިއަލަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *