logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ޑޮލަރުން ޓެކްސް ނެގުމަށް މަޓާޓޯއިން ތާއިދުކުރާކަން ހާމަކޮށްފި

ޑޮލަރުން އމްދަނީ ލިބޭ ފަރާތްތަކުގެ ޓެކްސް ޑޮލަރުން ނެގުމަށްޓަކައި ސަރުކާރުން ގެންނަށް އުޅޭ ބަދަލަށް ތާޢީދު ކުރާކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފިއެވެ.

ޑޮލަރުން ޓެކްސް ނެގުމަށް ސަރުކާރުން ގެނެގުޅޭ ސިޔާސަތައް ތާއީދުކޮށް މަޓާޓޯއިން ނެރެފައި ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ މިހާރުގެ އިގުތިސާދީ ހާލަތު ބަދަލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ދުރު ވިސްނުންފުޅަށް އެ އެސޯސިއޭޝަނުން ތާއިދުކުރާ ކަމަށެވެ. ރާއްޖޭގެ މާލީ ހަމަޖެހުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަންޖެހޭކަމަށް ގަބޫލުކުރާ ކަމަށާއި ޓޫރިޒަމް ދާއިރާގެ މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް އަޅާ ކޮންމެ ފިޔަވަޅަކަށް އެ އެސޯސިއޭޝަނުން ތާއިދުކުރާނެ ކަމަށެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި ބޭރުފައިސާއިން އާމްދަނީ ފަރާތްތަކުން ދައުލަތައް ދައްކަންޖެހޭ ޓެކްސް ތަކާއި، މުވައްޒަފުންގެ ފެމްޝަން ފައިސާއާއި އެފަދަ ފަރާތްތަކުނ ް ޜާއްޖެ އެރެކުރާ މުދަލަށް ނަގާ ކަސްޓަމް ޑިއުޓީ ބޭރު ފައިސާއިން ނެގުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *