logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އަނެއްކާވެސް އިތުރަށް ޖަމާކުރެވިއްޖެ، މިފަހަރު އުމުރުން ދުވަސްވީ މީހުންގެ ފެންޝަން ފައިސާ!

65 އަހަރުން މަތީގެ ބޭފުޅުންނަށް ދެމުންގެންދާ 5000 ރުފިޔާގެ އެލަވަންސް މިމަހު ޖަމާކުރިއިރު ބައެއް ބޭފުޅުންގެ އެކައުންޓަށް އިތުރަށް ޖަމާކޮށްފިއެވެ.

ޕެންޝަންގެ ގޮތުގައި ލިބޭ 5،000 ރުފިޔާގެ ބަދަލުގައި ބައެއް މީހުންގެ އެކައުންޓަށް މިއަދުވަނީ 15،000 ރުފިޔާ ޖަމާވެފައެވެ. މި ފައިސާ ރިވާސް ކުރުމުގެ މަސައްކަތް ބީއެމްއެލް އަންނަނީ ކުރަމުންނެވެ.

އެކަމާ ގުޅިގެން ޕެންޝަން އޮފީހުން ބުނެފައިވަނީ އިތުރަށް ބައެއް މީހުންގެ އެކައުންޓަށް އެލަވަންސް ޖަމާކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް އިން ކަމަށާއި އެކަން ރަނގަޅުކުރުމަށް ބޭންކުން މިހާރު މަސައްކަތް ކުރަމުންދާކަމަށެވެ.

މިދިޔަ މަހުގެ މުސާރަ ޖަމާކުރި އިރު ލިލީ ބީޗް ރިސޯޓުގެ މުވައްޒަފުންގެ މުސާރަައިގެ ގޮތުގައި 77 ބިލިއަން ޑޮލަރު ވަނީ ޖަމާކޮށްފައެވެ. އެމައްސަލާގައި އޮންލައިން ބޭންކިންގެ ހިދުމަތް މެދުކަނޑާލައި އެ ފައިސާ އަލުން ވަނީ އަނބުރާ ނަގާފައެވެ. އަދި އެކަން ދިމާވި ސަބަބު ބެލުމަށް ރައްޔިތުންގެ މަޖިޅުހުންވަނީ ނިންމާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ